ގެއްލުނު 27 އަހަރުގެ ޒުވާނާ އަދިވެސް ނުފެނޭ

ކަނޑުމަތިން 17 ޖުލައި 2020 ވަނަ ދުވަހު މެންދަމު ގެއްލުނު ދިވެހި ޒުވާނާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްޑީއެފް) އިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ، އދ. މަންދޫ ރަތްވިލާގޭ އުމުރުން 27 އަހަރުގެ އަލީ ޝާހް އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެ މީހާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން މިހާރުވެސް ހުއްޓުމެއްނެތި ކުރަމުންދާކަމަށާއި އެ މީހާ ހޯދުމަށް އެރަށުގެ ދޯނި ފަހަރުވެސް ކަނޑަން ނުކުމެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތުގައި ސީޖީ ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އޭނާ ގެއްލިފައިވަނީ މާލެ އިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ‘ރަންތަރި’ ކިޔާ ދޯނިންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، އެނާ ދޯނީގައި ނެތްކަން އެނގުނީ، މަންދޫއަށް ދޯނި ވަންފަހުން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާކަމަށެވެ.

ޝާހް މަންދޫއަށް ދިއުމަށް ދަތުރުކޮށްފައިވަނީ، ހޯމް ކަރަންޓީނުވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ