ނައިބު ރައީސް އެމްޓީސީސީގެ ވެރިންނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އެމްޓީސީސީ އިން ވިދާޅުވެފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެމްޓީސީސީގެ އިސްވެރިން ވަނީ ފުވައްމުލައް ސިޓީގެ އެތެރެ މަގުތައް ހެދުމުގެ މަޝްރޫޢުއާ ހދ. ހަނިމާދޫ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން މަޝްރޫޢުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަންވެސް އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ މުޙައްމަދު އަސްލަމްއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ އަދި ހަނިމާދޫ ދާއިރާގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ