ގެއެއް ކުއްޔަށް ހިފާލާއިރަށް ރެސިޑެންޓް އަކަށް ވާކަށް ނުޖެހޭ: ރޮޒައިނާ

އިމިގްރޭޝަން ޤާނޫނުގެ އިސްލާ ދުކޮޅުކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އާދަމް މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން އަނބުރާ ކޮމިޓީ އަށް ފޮނުއްވަމުންނެވެ. ނަޝީދު ބޭނުންފުޅުވީ، އެ މަނިކުފާނު ހުށަހަޅުއްވާ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ކޮމިޓީން ވިސްނުމަށެވެ.

މިކަމާއި ގުޅީގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 100,000 ރުފިޔާގެ އިންވެސްޓްމެންޓަކާ އެކު ރެސިޑެންޓް ވިސާ ދިނުމާ ދެކޮޅުކަމަށާއި ސަބްސްޓެންޓިއަލް ރަނގަޅު ބޮޑު އިންވެސްޓްމެންޓްއެއް ގެނައުމުން ނޫނީ ރެސިޑެންޓް ވިސާ ދެވިގެން ނުވާނެކަމަށެވެ. އަދި ގެއެއް ކުއްޔަށް ލިފާލާއިރަށް ރެސިޑެންޓް އަކަށް ވާކަށް ނުޖެހޭކަމަށާއި މިއި ޤަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫނަ ކަމަށް ވިދާޅުވެފައިވެއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަކު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި 100،000 ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ