ކުޅުދުއްފުށި އެއަރޕޯޓް - ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަން އިން ކުޅުދުއްފުއްޓާއި އަައްޑޫ އާއި ދޭތެރޭ ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން ކުޅުދުއްފުއްޓާއި އަައްޑޫ އާއި ދޭތެރޭ ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަން އިން ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީއިން އައްޑޫ ސިޓީއަށް ކޮންމެ ބުރާސްފަތި ދުވަހަކު ޑައިރެކްޓް ފްލައިޓެެއް އޮންނާނެއެވެ. އަދި ކޮންމެ ހޮނިހިރު ދުވަހެއްގައި އައްޑޫ ސިޓީއިން ކުޅުދުއްފުށި ސިޓީއަށްވެސް ޑައިރެކްޓް ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީއާއި އައްޑު ސިޓީއާއި ދެމެދު ކުރާ ޑައިރެކްޓެ ދަތުރުތަކުގެ ޓިކެޓް ފެށެނީ 1444 ރުފިޔާއިން ކަމަށް މޮލްޑިވިއަން އިންވަނީ ހާމަކުރައްވާފައެވެ.

ކުޅުދުއްފުށީ އެއަރ ޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރި އެއަރ ޕޯޓެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެއަރ ޕޯޓް ހުޅުވި ކަމުގައި ވީނަމަވެސް ބައެއް މަސައްކަތް ތައް އޭރު ހުރީ ނުނިމިއެވެ. އެ މަސައްކަތްތައް ނިންމައި ކުޅުދުއްފުށީ އެއަރ ޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ ފާއިތުވި އަހަރުއެވެ.

ދަތުރުތައް ފެށުމާއެކު އުތުރުގެ ގިނަ ބަޔަކު ޚާއްސަކޮށް ހދ. އަތޮޅުގެ ގިނަ ބަޔަކު ދަނީ މި އެއަރޕޯޓްގެ ބޭނުން ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ