ސިގިރޭޓް ބޮއެގެން ލިބޭ ގެއްލުން އެނގޭނަމަ ސިގިރޭޓެއް ނުބޯނެ!

ސިގިރޭޓަކީ އެތަށް ގިނަ ކެމިކަލް ތަކެއް ބޭނުން ކޮއްގެން ތައްޔާރުކޮއްފައި ހުންނަ ބުއިމެކެވެ. މި ކެމިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް އެތަށް ނޭދެވޭ އަސަރެއް އެބަ ކުރެއެވެ.

ސިގިރޭޓް ގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ގުނާ އަދަދު ނުކުރެވޭ ހާ ގިނައެވެ. ސިގިރޭޓް ބޯ މީހާގެ އިތުރުން ސިގިރޭޓް ގެ ދުމުގެ އަސަރު ކުރާމީހާއަށް ވެސް މިކަމުގެ ނުރައްކާ އެހާމެ ބޮޑެވެ. ސިގިރޭޓް ގެ ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ އެކިކަހަލަ ބަލިތަށް އެބަޖެހެއެވެ. އޭގެ އިތުރުން މާބަނޑު އަންހެނެއް ކައިރީ ހުރެގެން ސިގިރޭޓް ބޮއެފިނަމަ އޭގެން އަރާ ދުމުގެސަބަބުންު ބަނޑުގައި އޮންނަ ދަރިފުޅު ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ސިނގިރޭޓް ބުއިން މިއީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ އެއް ސަބަބެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާ 10 މީހުންގެ ތެރެއިން 9 މީހުންނަކީ ސިގިރޭޓް ބުއިމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ. އަދި އެހެން ބާވަތްތަކުގެ ކެންސަރު ބަލީގާ މަރުވާ މީހުންގެ އަދަދަށް ވުރެން ފުއްޕާމޭގެ ކެންސަރުގައި މަރުވާ އަންހެނުންނާއި ފިރިހެނުންގެ އަދަދު ގިނަކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ސިގިރޭޓް ބުއިމުގެ ސަބަބުން ޖެހެނީ ހަމަ އެކަނި ފުއްޕާމޭގެ ކެންސަރެއް ނޫނެވެ. ފަރުވާ ކުޑަ ނުކުރާށެވެ. ވަގުތު އޮއްވާ ވިސްނާލުން މުހިންމެވެ.

ސިގިރޭޓުގައި އެކުލެވިފައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ޖެހޭ ކެންސަރުގެ ވައްތަރުތައް:

  • އަނގަ އާއި ކަރުގެ ކެންސަރ

  • ލިވާގެ ކެންސަރ

  • ކިޑްނީގެ ކެންސަރ

  • ލޭގެ ކެންސަރ

  • ގޮހޮރުގެ ކެންސަރ

  • ރަހިމުގެ ދޮރަށް ޖެހޭ ކެންސަރ

ހަޤީޤަތުގައި ސިނގިރޭޓުން ލިބޭ ގެއްލުން އެނގޭނަމަ ސިގިރޭޓް ބޯން ޖެހިލުން ވާނެއެވެ. ސިގިރޭޓަކީ ތިބާއާ މަރު ކައިރި ކޮށްދޭ އެއްޗެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަގުތު އޮއްވާ އަމިއްލަ ނަފްސާމެދު ވިސްނާލާށެވެ.

ސިނގިރޭޓު ބޯމީހުންނަށް ސިގިރޭޓާ ދުރަށް ދިއުން މިއީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް މިކަމުން ލިބޭ ގެއްލުމާމެދު ފުންކޮށް ވިސްނާލައިފިަމަ މިއީ ދޫކޮށްނުލެވޭނެ ވަރުގެ ކަމެއް ނޫނެވެ.

ހިތްހަމަ ޖެހޭ ބާއްޖަވެރި ދިރިއުޅުމެއް ބޭނުން ނަމަ ސިގިރޭޓަށް ނޫނެކޭ ބުނަމާ ހިނގާށެވެ.

މިލިޔުން ކިޔާލުމުން
54361
ގުޅުންހުރި ލިޔުންތައް

2 Responses

  1. Konthaaku

    Thiyakanthah huttaaa avahah

  2. އައިލީ

    މިއީ ހުޅަނގުގެ އެޖެންޑާއެއް މުސްލިމުން މަރަން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ