ހިމަބިއްސަށް ސްކްރީން ކުރާ ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްފި

ހިމަބިއްސަށް ސްކްރީން ކުރެވޭނެ ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ދަންނަވާފައިވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 10:00 އާއި ހަމަޔަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހިމަބިއްސަށް ސްކްރީން ކުރުމުގެ ސެންޓަރުން ހިމަބިއްސަށް ސްކްރީން ކުރުމުގެ ހިދުމަތް ލިބެމުން ދާނެކަމަށެވެ.

ހިމަބިއްސަށް ސްކްރީން ކުރާ ސެންޓަރު ގާއިމުކޮށްފައިވަނީ އޯޓިޒަމް ސެންޓަރާއި ޖެހިގެން އުތުރަށް ހުންނަ ޕްރީސްކޫލު ގައެވެ.

ހުމާއިއެކު ގައިގައި ކުދި ބިހިތަކެއް ނަގާނަމަ ލަސްނުކުރައްވާ އެސެންޓަރަށް ވަޑައިގެން ޑޮކްޓަރެއްގެ ލަފާ ހޯއްދެއްވުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

މިހާތަނަށް ހިމަބިހީގެ 4 ކޭސް އެއް ވަނީ ފެނިފައެވެ. ހިމަބިހީގެ އަސަރެއް ހުރިތޯ ބަލަން މިހާތަނަށްވަނީ ވަރަށް ގިނަ ފަރާތްތައް ޓެސްޓު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ