ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުނަ ވިދާޅުވީ، 18 މެއި 2019 ވަނަ ދުވަހުގެރޭ 21:22 ހާއިރު ވ.ފެލިދޫއާ 6 މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ޅ.އަތޮޅުގެ ދޯންޏަކުން ޑީސަލް ހުސްވެގެން ދޯނި ހުއްޓިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
"ފުލުހުން ވަނީ އެ ދޯނިން ވ.ތިނަދޫއިން ހަމަޖެއްސި ޑީސަލް ނަގައިގެން އެ ދޯންޏަށް ފޯރުކޮށްދީ، އެ ދޯންޏަށް އަލުން ދަތުރުކުރެވޭނެ ގޮތް ހަދައިދީފައި." ފުލުހުން ވިދާޅުވިއެވެ.
18 May 2019 vana dhuvahuge’ 21:22 haa iru V.Felidhoo aai 6 meylu beyrun dhathuru kuramun dhiya L atholhuge’ dhoanyakun diesel husvegen dhoni huttigen fuluhunge’ eheetherikamah vany edhifai. Adhi Fuluhun vany e’ dhoanin V.Thinadhoo in hamajessi diesel nagaigen e’ dhoanyah 1/2
— Maldives Police (@PoliceMv) May 18, 2019
އިންޖީނު ހުއްޓުނު ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮދެއްވިއިރު، އެސަރަހައްދުހެ މޫސުން އާއްމުގޮތެއްގައި ރަނގަޅެވެ.