ހދ އަތޮޅުގައި ތައުލީމު ދެމުންދާ ގިނަ ސުކޫލުތަކަކަށް މިއަދު 50 އަހަރު ފުރި، ރަންޔޫބީލު ފާހަގަކުރަން ފަށައިފިއެވެ. ރަސްމީ ތައުލީމު ދޭ ތޭރަ ރަށުގެ، ފަނަރަ ސުކޫލުގެ ތެރެއިން ފަސް ސުކޫލަކަށް މިއަދު ފަންސާސް އަހަރު ފުރެއެވެ.
އެއީ ނޮޅިވަރަމު ސުކޫލު، ނޮޅިވަރަންފަރު ސުކޫލު. ކުރިނބީ ސުކޫލު، ހަނިމާދޫ ސުކޫލު އަދި ނެއްލައިދޫ ސުކޫލަށެވެ. މިހާތަނަށް ނެއްލައިދޫ ފިޔަވައި ހުރިހާ ސުކޫލަކުން ވަނީ ރަންޔޫބީލު ލޯގޯ އާއްމުކޮށްފައެވެ. މަކުނުދޫ ސުކޫލަށް 50 އަހަރުވާނީ ޖޫން 23 އަށެވެ.
50 އަހަރު ފުރޭ 5 ސުކޫލެއްގެ ރަންޔޫބީލް ލޯގޯ؛ ~ ފޮޓޯ: ފޭސްބުކު
ރަންޔޫބީލު ފާހަގަކުރުމުގެ ގޮތުން ސުކޫލުތަކުން ވަނީ ދަރިވަރުންނާ، މުވައްޒަފުން އަދި މުޖުތަމަޢުއަށް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރެއިން ބައެއް ހަރަކާތްތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން މަކުނުދޫ ސުކޫލުގައި ކުރިއަށްގެންދާ "ރަންޔޫބީލް އިޤުރާ" ޕޮރޮގުރާމު ފާހަގަކޮށްލެވެއެވެ. މިއީ ސުކޫލުގެ އިސްލާމު ކުލަބުން ކުރިއަށްގެންދާ ޤުރުއާން ހިތުދަސްކުރުމާ، ޚަތިމު ކުރުމުގެ ހަރަކާތެކެވެ.

ނޮޅިވަރަމު ސުކޫލާއި ހަނިމާދޫ ސުކޫލުން ވަނީ މީސްމީޑިއާގައި ރަންޔޫބީލު ގުނާނެއް ކުރިއަށް ގެންދިޔައެވެ. ނޮޅިވަރަންފަރު ސުކޫލުން ވެސް ދަރިވަރުންނާ މުވައްޒަފުން އަދި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިން ގުޅިގެން ތަފާތު ގުނާނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ސުކޫލުގެ ރަންޔޫބީލުގެ ހަރަކާތްތައް ފެށުން އޮތީ މެއި 19 ގެ 14:15 ގައި އޮންނަ "ޓައިމް ކެޕްސޫލު" ވަޅުލުމުންނެވެ. ކުރިނބީ ސުކޫލުން ރަންޔޫބީލްގެ ހަރަކާތްތައް ފަށަނީ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދުންނެވެ. ނެއްލައިދޫ ސުކޫލުން މައުލޫމާތު ދޭ ގޮތުގައި ރަންޔޫބީލު ހަރަކާތްތައް ފަހުގެ ތާރީޚެއްގައި ފެށޭނެއެވެ.
ސުކޫލަތަކުން ވަނީ އަހަރުގެ އެކި ދުވަސްތަކަށް ގިނަ ހަރަކާތްތަކެއް ތާވަލުކޮށްފައެވެ. އެގޮތުން ރަންޔޫބީލު ދުވުން، ފޮތް ހަދިޔާ ކުރުން، ރަންޔޫބީލް ޖަލްސާ ފާހަގަކޮށްލެވެއެވެ.
ރަސްމީ ލިޔުންތައް ދައްކާގޮތުން މި ފަސް ސުކޫލުގައި ކިޔަވައިދިނުން ފެށިފައިވަނީ 1969 ވަނަ އަހަރު މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
ހިޔާލު
ލިޔުމުގައި ސައްހަ ނޫން މައުލޫމާތު އެބަހުރި. މަކުނުދޫ ސްކޫލަށް 50 އަހަރު ފުރޭނީ ޖޫން 23 ގައި
ރަނގަޅު ކޮށްލައިފިން
Great coincident
ކޮމެންޓް ކުރުން ބަންދު