އަޅުގަނޑު ލައްވައި ހަޑި ކަންތައްތަކެއް ކުރުއްވަން އާޒިމް އުޅުއްވި: މަހްލޫފް

މަހްލޫފް ލައްވައި ހަޑި ކަންތައްތަކެއް ކުރުއްވަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އުޅުއްވިކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ކުރެއްވި ސުވާލާގުޅިގެން މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި އިޖުތިމާއީ ކޮމިޓީން ވަކި ގޮތެއް އަންގަން ދެން އިންތިހާބު ފަސްކޮށް ދިނުމަށް އެދުނުކަމަށާއި، ކޮމިޓީގެ ނިންމުން އެފްއޭއެމްއާ ހިއްސާ ކުރެއްވާފައިވާކަމަށެވެ. އަދި އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގިނަމަ، އެއީ ގާނޫނާ ހިލާފު ކަމެއް ގޮތުގައި ކަނޑައެޅުނީސް ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

އެދޮތުން ވިދާޅުވީ ވަަޒީރަކަށް ހުންނަ މީހާއަކަށް އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވައި އެއަށް ބާރު ފޯރުވުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނަނެ ކަމަށާއި، އެ ބާރު އޮންނަނީ ސްޕޯޓްސް ކޮމިޝަނާގެ ދަށުގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވެފައިވަނީ ޕީޖީ ލީޑަރު އަލީ އާޒިމް މަަސައްކަތް ކުރައްވާ ގޮތުން ވަރަށް ދެރަވާކަމަށާއި ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވައި އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީކަމުގައެވެ. މަހްލޫފް މި އަމަލު ސިފަ ކުރައްވާފައިވަނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓުލައްވަން ނިކުންނެވީމަ، އެ އިންތިހާބު ހުއްޓުވަން ފުލުހުން ނުކުތް ގޮތަށެވެ.

މީގެ ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިހާބަކަށް ގޮވާލީމަ، ވާދަ ކުރާނެ މީހަކުނުވިކަމަށާއި އޭގެ ހަތަރު މަސް ފަހުން ވަޒީރަކަށް ހުންނަ މީހާގެ ކައިރީގައި ބުނެގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުމަކީ ހަޑި ކަމެއް ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިހާރު ބޭނުންވިޔަސް ފުރަތަމަ ޑިވިޝަންތަކުގެ ކުލަބުތަކުން ސޮއިކޮށްފައި އިތުބާރު ނެތް ކަމުގެ ވޯޓު ނިމުނީމަ، އެކަން ނިމުނީ ކަމަށާއި އެ ވަރު އެނގިވަޑައިގަންނަވާ ބޭފުޅުން މަޖިލިހުގައި ތިއްބަވާނެކަމަށްމަށެވެ. އަދި އަޅުގަނޑުމެންގެ ފަރާތުން ގާނޫނީ އިމުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުމެއް މިކަމަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ