އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހްމަދު މުޙައްމަދުފުޅު

ޔާސިރަށް ފަރުވާދެމުންދަނީ ކެއުމަށް އިންކާރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެން: ކޮމިޝަނަރ

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް، ގެ ހާލު ސީރިއަސްވެގެން އިމަޖެންސީގައި ފަރުވާދެމުންދަނީ ކެއުމަށް އިންކާރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެންކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ދާދިދެންމެ ކޮމިޝަނަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށްބުނާ މީހާ ވަނީ ކެއުމަން އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިޔަސް ވަމުންދާކަމަށް ފެންނާތީ، އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވިދަނީ ފަރުވާދެވެމުން ކަމަށެވެ.

ޔާސިރަށް މިރޭ 6:17 ހާއިރުން ފެށިގެން އައިޖީއެމްއެޗްގެ އިމަޖެންސީގައިދަނީ ފަރުވާ ދެމުންނެވެ.

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް 2017 ވަނަ އަހަރު ހައްޔަރުކުރި ޔާސިރު ޔަހްޔާ ސާލިހް، އަކީ އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު މީހެއްވެސް މެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.

ނިމިދިޔަ އަހަރުގެ ޖަނަވަރީމަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޔާސިރުގެ މައްސަލައިގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި އެކަން ފަހުން ހާމަކުރައްވާނެ ކަަމަށެވެ. ނަަމަވެސް މިހާތަނަށްވެސް އެއްވެސް މައުލޫމާތެއް އެކަމާ ގުޅޭ ގޮތުން ހާމަ ކުރައްވާފައެއް ނުވެއެވެ.

އޭރު މިނިސްޓަރު އިމްރާން ވިދާޅުވީ، ޔާސިރު ޔަހުޔާއާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާގައި ވެސް ފެންނަން އެބަހުރި ކަމަށާއި އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނަށް ލިބި އިމިގްރޭޝަނަން އެންގުމުން ކޮންޓްރޯލާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ޔާސިރު ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި، ފުރައިގެން ދޭން އިންކާރުކުރީ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، 2017 ވަނަ އަހަރުގެ މާރޗްމަހުގެ 03 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެ ހުންނަނީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި ފުރައިގެން ދާން ބޭނުންވާ ނަމަ މިހާރުވެސް އެކަން ފަހިކޮށްދޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އޭނާގެ ފުރުވާލުމަށް ކުރަމުންދާ މަސައްކަތް އެއްބާރުލުން ދީފައި ނުވާއިރު، ޕާސްޕޯޓް ވީތަންވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

ސީޕީ ވިދާޅުވީ، ޔާސިރު ޔަޙްޔާ ޞޯލިޙް އަކީ ޓެރަރިޒަމްގެ ބެކްރައުންޑް އޮތް މީހެއް ކަމަށާއި، ޔަމަނުގެ އިތުރުން އޮމާން އަދި ޕާކިސްތާނުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ މުޖުތަމައަށް ދޫވެފައި ހުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އިއްބޭ

    ދައުވާ ނުކޮށް އަބަދު ޖަލުގަބޭއްވުން ބަލައެއްނުގަނެވޭ. ކުށެއްކުރިޔައްޔާ ދައުވާކުރޭ. ނޫނީ ދޫކޮށްލާ. ސަފާރީ ރޭޕް ކުރިމީހުންވެސް ކަލޭމެން ދޫކޮށްލީނު.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ