ފޮޓޯ: އެމްޓީސީސީ

ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލައިފި

ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ 67 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ތެރެއިން މަގުތަކުގެ އެގްރިގޭގޭޓް ބޭސ ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްވަނީ 14 ޖުލައި 2020 ގައި ނިމިފައިކަމަށާއި އަދި 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަވަނީ އެޅިފައިވާކަމަށް އެމްޓިސީސީ އިން ވިދާޅުވެފައިވެއެވެ.

އެމްޓިސީސީ އިން ދުވާފަރުގައި މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 28.2 މިލިއަން ރުފިޔާއަށެވެ.

ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ހަތް ރަށެއްގެ މަގުތައް ހެދުމަށް އެމްޓީސީސީން ފެށި ޕްރޮޖެކްޓެއްގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މަގުތައް ހަދަން ފެށި ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ސ. ހުޅުދޫމީދޫ، ށ. ފޮނަދޫގެ މަގުތަކާއި އަދި ފުވައްމުލަކު ސިޓީގެ ރިންގްރޯޑް ހެދުން ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ