ކަދުރެއް 10ރ އަށް، ކުރުނބާގެ އަގު އުފުލެނީ

ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހާއެކު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިރިއުޅޭ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކާއި، މާލޭ މާރުކޭޓުން ކާބޯތަކެތީގެ ބާވަތްތައް ގަނެގެން އަތޮޅުތެރޭގައި ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ އިތުރުން އާއްމު ދަރުދުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިމިވަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމެވެ.

ރަމަޟާން މަސް ފެށިގެން ދިޔައީ ކަނޑޫދޫ މިރުހުގެ އަގު އަތްނުރޯރާ ފަށުގައި ނަމަވެސް، މިހާރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުޅެނީ 500ރ އަށް ކިލޯއެކެވެ. ނަމަވެސް ބާޒާރުގައި ބައެއް ތަކެތީގެ އަގު އުޅެނީ އަތްފޯރާ ފަށަށްވުރެ މަތީގައިވެސް ފާހަގަކޮށްލަން ޖެހެނީ ހިތާމައާއެކުގައެވެ.

ރަމަޟާން މަހު އާއްމުގޮތެއްގައި ސުފުރާމަތި ފަޅުފިލުވާލަދޭ ރޯކަދުރުގެ އަގު ރަމަޟާން މަސް ފެށުނީންސުރެވެސް އުޅެނީ އަތްފޮރާ ފަށެއްގައި ނޫނެވެ. މިހާރު ބާޒާރުގައި އަދި މާލޭގެ ފިހާރަތަކުގައި ރޯކަދުރު ކިލޯއެއް އުޅެނީ380ރ އާއި 400ރ އާ ދެމެދުގެ އަގުތަކުގައެވެ. ފިހާރަތަކުން ވަކި ރޯކަދުރެއް ވިއްކަނީ 10ރ އަށެވެ. ރަމަޟާން މަހުގެ ސުފުރާތަކުން ރޯކަދުރު ފެންނަލެއް މަދު ސަބަބަކީ މިއީއެވެ.

މާލޭ ލޯކަލް މާރުކޭޓުގެ މިއަދުގެ އަގުތަކަށް ބަލާލާއިރު ދިވެހި ކުރުނބާގެ އަގު އުޅެނީ މަތީގައެވެ. އެންމެ ކުދި ސައިޒުގެ ކުރުނބައެއް 20ރ އަށް ހުރިއިރު ހެޔޮވަރުގެ ކުރުނބައެއް ލިބެންހުރީ 40ރ އަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުރުނބާގެ އަގު އުފުލުން އެކަށީގެންވާކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ބާޒާރުގައި ބައެއް އެހެން ބާވަތްތަކުގެ އަގު އުޅޭގޮތަށް ބަލާލާއިރު، 15ރ އާއި 25ރ ދެމެދުގެ އަގުތަކެއްގައި ގަބުޅި ލިބެންހުރިއިރު، ދޮންކޭލުގެ އަގު އުޅެނީ ވަކެއް 4ރ އާއި 7ރ ދެމެދުގައެވެ. ލިނބޯ ކިލޯއެއް 40ރ އަށް، ކެރެޓް ކިލޯއެއް 20ރ އަށް، އަންނާރު ކިލޯއެއް 70ރ އަށް، އަދި ކަރާ ކިލޯއެއް 23 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މާލޭ ލޯކަލް މާރުކޭޓުގައި ކާއްޓެއްގެ އަގު 3ރ އާއި 12 ރ ދެމެދުގައި އުޅޭއިރު، އޮރެންޖް އަދި އާފަލުގެ އަގު މިއަދު ބާޒާރުގައި އުޅެނީ 3ރ އާއި 5ރ ދެމެދުގައެވެ.

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގު އުފުލުމަކީ ކޮންމެ ރަމަޟާން މަހަކުވެސް ހިނގާ ކަމެއް ނަމަވެސް، އެއީ ވިޔަފާރީގައި ޢަމަލުކުރަންޖެހޭ ރިވެތި އުޞޫލާ އެއްގޮތް ކަންކަމެއް ނޫނެވެ. ހެޔޮކަމާއި ދަރުމައެއް އެދި މަސައްކަތްކުރުން އިތުރުކުރަންވީ މަހު ރައްޔިތުންނަށް ދަތިވާނެ ގޮތަށް ވިޔަފާރިވެރިންގެ އަމަލުތައް ބެހެއްޓުން ބުއްދިވެރިއެއްވެސް ނުމެނޫންމެވެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ދދދ

    ބަލާއެއްނު. ކަނޑޫދޫ މިރުސް ކިލޯއެއް 50ރ. އަށް ވިއްކަނީ ކޮންތާކުންތަ؟ ނޫސް ނެރޭތި ތަނެއް ދޮރެއް ނުބަލާ!

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް