ބާޒާރު މަތީ ފިހާރައެއް | ފޮޓޯ: ފެށުން

ބާޒާރުން ފިޔާ ބަސްތާ ވިއްކުން ހުއްޓާލައިފި

މާލޭގެ ބާޒާރުން ފިޔާ ބަސްތާ ވިއްކުން ހުއްޓާލައިފި އެވެ.

މާލޭގެ ބާޒާރު މަތީގައި ފިޔާ ވިއްކާ ފިހާރައަކުން ބުނީ "އެންމެ ފަހު ބަސްތާ ދެންމެ އެ ހުސްވީ" ކަމަށެވެ. ފިޔާ ވިއްކުން ބާޒާރުމަތީ ފިހާރަތަކުން ހުއްޓާލާފައިވާއިރު މިއަދު ހެނދުނު 280 ރުފިޔާ އަށް ފިޔާ ބަސްތާ އެއް ވިއްކި ކަމަށް ފިހާރައަކުން ބުންޏެވެ. އަދި ދެންމެ އެންމެ ފަހު ބަސްތާ ވިއްކާލީ 380 ރުފިޔާ އަށް ކަމަށްވެސް އެ ފިހާރައިން ބުންޏެވެ.

ބޮޑެތި ބައެއް ފިހާރަތަކުން ބުނެފައިވަނީ ފިޔަލުގެ އަގު ވަރަށް ބޮޑުތަނުން މިހާރު ބޮޑުވެފައި ވާކަމަށާއި "ދެން ފިޔާ ބަސްތާއެއް ވިއްކޭނީ 600 ރުފިޔާ އަށް" ކަމަށެވެ. އެ ފިހާރައިގެ ސޭޓު ބުނީ ފިޔާ ނެތްކަމަށް ބުނަނީ ފިޔަލުގެ އަގު އުފުލިފައިވާތީ ކަމަށެވެ.

ބާޒާރުގައި މިއަދު ފިޔާ ބަސްތާ ވިއްކުން ހުއްޓާލާފައިވާއިރު ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާ އިން ވަނީ ފިޔާ އެކްސްޕޯޓް ކުރުން އިއްޔެ މަނާ ކޮށްފައެވެ. ނަމަވެސް އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ފޮރިން މިނިސްޓްރީން ވިދާޅުވީ، ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމަށެވެ.

ފިޔާ ލިބުން ދަތިވެފައި ވަނީ އިންޑިއާގެ ބައެއް ސަރަހައްދު ތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ. އަދި ފާއިތުވެ ދިޔަ ކޮވިޑް-19 ގެ މަސްތަކުގައި ވަރަށް ބައިވަރު ފިޔާ އެ ގައުމުން ވަނީ އެކްސްޕޯޓް ކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ގައުމުން 198 މިލިއަން ޑޮލަރުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު އެ ގައުމުން އެކްސްޕޯޓް ކޮށްފައި ވަނީ 440 މިލިއަން ޑޮލަރުގެ ފިޔަލެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ