އަދީބް މިއަދު ކޯޓަށް ވަޑައިގަންނަވަނީ: ފޮޓޯ: މީސްމީޑިއާ

އަދީބް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޤަފޫރު ޝަރީއަތް ނިމެންދެން ބަންދުކުރަން ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

މިފަދަ އަމުރެއް ހައިކޯޓުން ކޮށްފައި މިވަނީ، އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ޙުކުމް ކުރުމާއި ގުޅިގެން، މި މައްސަލަތައް ހައިކޯޓަށް އިސްތިޢުނާފުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުންނެވެ.

ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ، އަދީބަކީ މީގެ ކުރިން ވެސް ފިލަން މަސައްކަތް ކޮށްފައިވާ މީހަކަށް ވާތީވެ، އަދީބު ފިލާފާނެ ކަމަށް ދައުލަތުން ލަފާކުރާ ގޮތަށް، ޝަރީއަތަށް ހާޒިރު ނުވެ ފިލުމުގެ އިހްތިމާލު އޮތްކަމަށް ޝަރީއަތަަށްވެސް ގަބޫލު ކުރެވޭތީއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވާއިރު، މިއަދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާގެ ބަލި ހާލާއި ގުޅިގެން ގިނަ ވާހަކަތަކެއް ދައްކާފައެވެ. އަދި އޭނާގެ ދިފާއީ ވަކީލް މަޙްފޫޒް ސައީދު ވަނީ އަދީބް ހައްޔަރުކުރަންޖެހޭ ހާލަތެއް މިހާރު ނެތްކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ