އެސެޓް ރިކަވަރީ ކޮމިޝަން

އެމްއެމްޕީއާރުސީ ޚިޔާނާތުން ގެއްލުނީ 1.2 ބިލިއަނެއް ނޫން، 4 ބިލިއަނެއްހާ ރުފިޔާ: ކޮމިޝަން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގެއްލުނީ1.2 މިލިއަން ރުފިޔާ ނޫން ކަމަށާއި، އެ އަދަދު3.4 ބިލިއަނާއި4 ބިލިއަނާއި ދެމެދަށް އަރާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދަޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިހެން ވިދާޅުވީ، މިހާރު އެ ކޮމިޝަނުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުން ގެއްލުނީ 77 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސ،ް ޤާނޫނީ އިމުން ބޭރުން ކުއްޔަށް ދިން 37 ރަށާއި 12 ފަޅުގެ ހަމަ އަގަށް ބަލާނަމަ 4 ބިލިއަނާއި ގާތަށް އަރާނެ ކަމަށެވެ.

37 ރަށް ކުއްޔަށް ދީފައިވަނީ ހަމަ އަގުގައި ނޫން ކަމަށާއި، އެ ރަށްތަކުގެ ހަމަ އަގު 220 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށާއި، 12 ފަޅުގެ ހަމަ އަގާއެކު ޖުމްލަ އަދަދު 4 ބިލިއަން ރުފިޔާއަށް އަރާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވިއެވެ.

އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ، ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެެއް އެސެޓަށް ބަދަލުކޮށްފައިވާ ކަމަށާއި، ހިޔާނާތުގެ ތެރޭގައި ގިނަ އަދަދަކަށް މަނީ ލޯންޑަރިންގެ ކުއްތަށް އެކުލެވޭ ކަމަށާއި، އެހެންކަމުން އެކަށީގެންވާ ބޮޑު އަދަދެއް ރިކަވަރ ކުރެވިދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ