މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ އެސްޓީއޯ ސުޕަމާޓް ބަންދުވާނެ ކަމަށް އެސްޓީއޯ އިން ހާމަކޮއްފިއެވެ.
އެސްޓީއޯ އިން ބުނީ، ސުޕަމާޓު މިނިވަންދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2020 ވާ އާދިއްތަ ދުވަހު ސުޕަމާޓްގެ ވިޔަފާރި ބަންދުވާނެ ކަމަށެވެ.
މިކަމަގެ ސަބަބުން ކަސްޓަަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތައް މައާފައް އެދޭ ކަމަށްވެސް އެސްޓީއޯ އިން ބުނެފައި ވެއެވެ.
އެސްޓީއޯ އިން އިތުރަށް ވިދާޅުވީ، ދެން ވިޔަފާރި ހުޅުވޭނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.
ގިނަ އަދަދެއްގެ، ތަފާތު ބާވަތްތައް އެއް ތާކުން ލިބެން ހުންނަ އެސްޓީއޯ ސުޕަމާޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރި ކުރަންދާ ތަނެކެވެ.