ކ. ދިއްފުށި ބޭރުގައި އުޅެނިކޮށް ފެނުނު ބޭރުގެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ދިއްފުއްޓާއި ދިމާލު ބޭރުން މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަންކުރަމުންދިޔަ ދެ ދޯންޏަކުންކަމަށެވެ. މިހާރު މި މަސްބޯޓް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހުޅުމާލޭ ފަޅަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފް ވިދާޅުވުއެވެ.
އެނގިފައިވާ ގޮތުގައި މީ ލަންކާގެ މަސްބޯޓެކެވެ. އަދި މި ބޯޓް އަތުލައިގަތް 6 މީހުން ތިބިކަމަށް މައުލޫމާތުލިބިފައިވެއެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ކޮއްފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ 2 އުޅަދުކަމުގައިވާ “އަސަރީ” އަދި “ކިންގްރިޝާ” ދޯނިކަމަށް އެމްއެންޑީއެގް އިން މައުލޫމާތު ދެއެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފައެވެ. އެކަމުގައި މަސްވެރިންގެ ފަރާތުން ދަނީ ބޮޑު އެހީތެރެކަމެއް ލިބެމުންނެވެ.



