މިސްރުގެ ޓިކްޓޮކް ފަސް ތަރިން ޖަލަށް ލުމަށް ހުކުމްކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

މީސްމީޑިއާ ޓިކްޓޮކްގައި ބޮޑު މަގުބޫލުކަމަށް ހޯދައިފައިވާ މިސްރުގެ ފަސް އަންހެން ތަރިން ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް ތިން ލައްކަ އިޖިޕްޝިއަން ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.

މިސްރުގެ ރަސްމީ އޮންލައިން ނޫސް އަލް އަހްރާމުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްރުގެ ވެރިރަށް ކައިރޯގައި ހުންނަ އެކޮނޮމިކް ކޯޓުން މި ފަސް ތަރިންގެ މައްޗަށް ޖަލު ހުކުމް އިއްވައިފައިވަނީ އަހުލާގީ މިންގަނޑުން ދަށު ދަރަޖައިގެ ފޮޓޯ އަދި ވީޑިއޯ މީސްމީޑިއާގައި ޝާއިއުކުރާ މައްސަލައިގައެވެ.

މީގެތެރެއިން ތިން އަންހެން ތަރިން ފިރެހެނުންނަށް ބޭއަދަބީ ވީޑިއޯކޯލްކުރާ މައްސަލަވެސް ކޯޓުންވަނީ ބަލައި ހުކުމް އިއްވައިފައެވެ.

ޓިކްޓޮކް ފަދަ ވީޑިއޯ ހިއްސާކުރާ އެޕްލިކޭޝަންތަކުގައި އެކިއެކި ވީޑިއޯ ހިއްސާކުރާ ގިނަ އަންހެންތަރިންތަކެއް މިސްރުގެ ސަރުކާރުން މިފަހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް ޖަލު ހުކުމެއް މީގެން ތަރިއަކާއި ދެކޮޅަށް އިއްވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މިފަހަކަށް އައިސް މިސްރުގައި ޓިކްޓޮކްގެ މަގުބޫލުކަންވަނީ ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައެވެ. ބަޔެއް ގައުމުތަކުން މިހާރު އަންނަނީ ތަފާތު މައްސަލަތަކާއި ގުޅިގެން އެގައުމުތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ