ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހި ޖެހުން ކުށްވެރިކުރަން: ރިޔާޒް

އިދިކޮޅު ފަރާތްތަކުން “މިނިވަން އިހުތިޖާޖު”ގެ ނަމުގައި ބާއްވާ މުޒާހަރާގެ ބައިވެރިން ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހި ޖެހުން ކުށްވެރި ކުރައްވާކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށާއި މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެފައި ވެއެވެ.

ފުލުހުން ގަޔަށް ހައްޕުނޑު ޖެހުމާއި ގުޅިގެން އަބްދުﷲ ރިޔާޒް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑިއުޓީގައި ހުރި ފުލުހެއްގެ ގަޔަށް ހައްޕުަޑު ޖެހި ޖެހުން ކުށްވެރިކުރާ ކަމަށާއި އެކަން ކުރިފަރާތެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާކަމަށެވެ. އަދި ޑިއުޓީގައި ހުންނަ ފުލުހުންނަށްދޭ ހަމަލަތަކަކީ މާފްނުދެވޭ ކުށްތަކުގެ ކުށެއްގެ ގޮތުގައި އަލަށް ހަދާ ފުލުހުންގެ ޤާނޫނުގައި ހިމަނަން ފެންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބާއްވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މިވަގުތުު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް ސައީދުވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ