މައުމޫންގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން އުޅުމަކީ ދެރަ ކަމެއް: ޖާބިރު

މައުމޫންގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން އުޅުމަކީ ދެރަ ކަމެއް ކަމުގައި ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވެފައިވަނީ ކޮވިޑްގެ އެންމެ ރިސްކް ބޮޑު ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. އެެހެންކަމުން މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެގެން އޭނަގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ފުނޑޭ ތަން ބަލަަން ނުހުރެވޭނެކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވެފައިވަނީ "މައުމޫން ލޮކްޑައުންއަށް ގޮވާފަ، ދަރި ވެރިކަމަށް ގެންނަން މަގުމައްޗަށް ނެރި މުޒާހަރާގަ" އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ދިވެހިން ކޮވިޑް-19އަށް ޕޮޒިޓިވުވި ދުވަހަށް އިއްޔެ ވެފައިވާއިރު، އިއްޔެ މިބައްޔަށް ޕޮޒިޓިވުވި ދިވެހިންގެ އަދަދަކީ 92 އެވެ.

މުޅި ޖުމްލަ ރާއްޖެއިން 3،506 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބައްޔަށް ޕޮޒިޓިވުވި ދިވެހިންގެ ޢަދަދަކީ 1623 އެވެ. އަދި މިބައްޔަށް ޕޮޒިޓިވުވި ބިދޭސީންގެ ޢަދަދަކީ 1883 އެވެ.

މިދިޔަ މާޗްމަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވާއިރު މިބައްޔަށް އެންގެ ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 ވަނީ މީހުން ޕޮޒިޓިވްވެފައެވެ. ނަމަވެސް، އިއްޔެ ފާހަގަ ކޮށްލެވެނީ އެންމެ ގިނަ އަދަދެއްގެ ދިވެހިން މިބައްޔަށް ޕޮޒިޓިވުވި ދުވަހުގެ ގޮތުގައެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މަރީ

    ހޮނޑާފުށީގެ ބަތަލު މައުމޫނާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިޔައުޅޭނީ ކަލޭ ނައިޓް ކްލަބް ހަދަޏް ކިނބިގަސްދޮށުގެ ނުދީގެންދޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ