އިންޑިއާ ސިފައިންނާއެކު ޑޯނިއާ ފްލައިޓް ރާއްޖޭގައި

ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް އިންޑިއާ ނޭވީގެ ޑޯނިއާ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖޮއިންޓް އޭރިއަލް ސަވައިލެންސް ޕެޓްރޯލެއް މިއަދު ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއީ މިގޮތަށް ހިންގާ ޖޮއިންޓް ސަވަޔަލެންސްގެ 53 ވަަނަ ޕެޓްރޯލް ކަމަށާއި، މިއީ 2009 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ