އަންނަ ސެޕްޓެމްބަރުމަހުގެ އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަން ހާމަކުރައްވައި އެމިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މި ސެޕްޓެމްބަރު އިންޓޭކުގައި އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން މިއަހަރުގެ، އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެ 13:00ގެ ކުރިން http://wall.mohe.gov.mv/UK/ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ.
Have you received a confirmed placement and your CAS number from your chosen university in the UK? If so please register with @MoHEmv so that we can provide your info to the relevant authorities to help facilitate your travel to your university. https://t.co/AzCwT1WAVB
— Dr Ibrahim Hassan (@DrChubby) August 2, 2020



