ނޮޅިވަރަމު ކަރަންޓީނުގައި، ސުކޫލު މުވައްޒަފުންގެ ހަދިޔާ ބެލެނިވެރިންނަށް!

ތަހުތު ބޯޓުގެ ފަޅުވެރިއަަކު ކޮވިޑު ނަވާރައަށް ފޮޒިޓިވްވުމާއި ގުޅިގެން އެ ބޯޓު ދަތުރުކޮށްފައިވާ ރަށްތައްވަނީ މޮނިޓަރިންނަށް ލައިފައެވެ. އެގޮތުން ހދ ނޮޅިވަރަމު ވެސް، އޮގަސްޓު 3 ން ފެށިގެން އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މި ހާލަތުގައި، ގިނަ ވަގުތު ގޭގައި މަޑުކުރުމަށާއި، ޟަރޫރީ ބޭނުމެެއްގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ރަށު ކައުންސިލުންނާއި އެޗްޕިއޭ އިން ވަނީ އިލުތިމާސްކޮަށްފައެވެ. އަދިކޮންމެހެން ބޭރަށް ނުކުންނަށް ޖެހިއްޖެނަމަ، މާސްކު އަޅައިގެން ދިއުމަށްވަނީ އަންގާފައެވެ.

މިކަމާ ގުޅުވައިގެން، ނޮޅިވަރަމު ސުކޫލުގެ މުވައްޒަފުންގެ ފަރާތުން ސުކޫލުގެ ހުރިހާ ބެލެނިވެރިންނަށް މިވަނީ މާސްކު ފޯރުކޮށްދީފައެެވެ. އެގޮތުން 650 (ހަ ސަތޭކަ ފަންސާސް) އެއްހާ ދަރިވަރުން ކިޔަވަންދާ ނޮޅިވަރަމު ސުކޫލުގެ ހުރިހާ ބެލެނިވެރިންނަށް މިވަނީ މާސްކު ފޯރުކޮށްދީފައެވެ. މިއީ މުއައްޒަފުންގެ އަމިއްލަ މަސައްކަތުން ތައްޔާރުކޮށްފައިވާ މާސްކު ތަކެކެވެ.

މީގެ ކުރިންވެސް ނޮޅިވަރަމު ސުކޫލުގެ މުއައްޒަފުންވަނީ ކޮވިޑު ނަވާރައިގެ ހާލަތުގައި އިތުރު އެހީތަކެއް މުޖުތަމައުއަށްޓަކައި ވެދީފައެވެ. އެގޮތުން، މުޅި ރާއްޖެ ފުރަބަންދުގައި އޮތްއިރު ސޯސަލްސަޕޯޓު ޑެސްކުގައި ޓިއުޑީކުރުމާއި، ކޮވިޑު ޓާސްކު ފޯސްއަށް މާސްކު ހަދިޔާކުރުން ފާހަގަކޮށްލެވެއެވެ.

ނޮޅިވަރަމު ސުކޫލަކީ، ފުރަބަންދަށް ފަހު ސުކޫލު ހުޅުވުނީއްސުރެ، މިނިސްޓުރީ އޮފް އެޑިއުކޭޝަނުން އަންގަވާފައިވާ ސަލާމަތީ ގިނަ ފިޔަވަޅުތަކަކާއެކު ހަތަރު ދަންފަޅިއަކަށް ކިޔެވުން ގެންދާ ސުކޫލެކެވެ.

މިލިޔުން ކިޔާލުމުން
37
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ