ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި ހުންނަ ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ އާއި ދޭތެރޭގައި އޮޮންނަ ހުސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ، މިއަދު ފަތިހު 05:45 ގައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، އެ ސަރަހައްދުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެންކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އަދި ހާސިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސް، އަލިފާންގަނޑު ނިއްވާލާފައިވާކަމަށް  އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އަލިފާންގަނޑު ނިއްވާލެވިފައިވަނީ، ހެނދުނު 06:02 ގައެވެ. އަދި މި ހާދިސާގައި އިތުރު ގެއްލުމެއް ލިބިފައިނުވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލުމާތުދިނެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ