ހެލްތާއި އެޗްޕީއޭގެ މަސައްކަތްތަކާއި މެދު އާއްމުންގެ ޚިޔާލު ހޯދަނީ

ކޮވިޑް-19 އާއި ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޚިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ކޮވިޑް-19 ގެ ޕެންޑަމިކްގެ ކަންކަމާއި ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން އާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޞިއްޙީ ދާއިރާގެ ކަމާގުޅޭ ބޭފުޅުންނާއި ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން، މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ޢަމަލުކުރަމުން ގެންދަވާ އުސޫލުތަކާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާގޮތުގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 13 އޮގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީ.މެއިލް އެޑްރެސް committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދޭކަމުގައިވެސް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ