ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގައި ފެން ބޮޑު ވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ވިދާޅުވީ، މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން އެސްޓީއޯ ފުށް ގުދަނުގައި ޕަމްޕަ ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ސާރވިސްއިން މިހާރު ކުރަމުންދާކަމަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް މިވިއްސާރައިގެ ސަބަބުންވަނީ ފެންބޮޑުވެފައެވެ. އަދި އެރަށްރަށުގައިވެސް ފެން ހިއްކުމުގެ މަސައްކަތުގައި އެމްޑީއެފްއިން ޙަރަކާތްތެރިވެފައިވެއެވެ.
Male' City ah boakoh vaarey vehi fen boduvumaa gulhigen, STO Fuhgudhan sarahadhugai pump bahattaigen fen hikkumuge masakkaiy MNDF Fire and Rescue Service in kuramun dhanee. pic.twitter.com/0FBdYa5iHC
— Maldives National Defence Force (@MNDF_Official) August 9, 2020
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެލާރޓް ނެރެމުން އަންނައިރު، މިއަދު ހަވީރު 17:20 ން މިރޭގެ 21:00 އަށް ބ. އަތޮޅުން އދ. އަތޮޅަށްވަނީ ޔެލޯ އެލާރޓް ނެރެފައެވެ. މިޔެލޯ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިއެލާރޓްގައި ވެއެވެ.
އަދި މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، ރާއްޖޭގެ ކަނޑުތައްވެސް ގަދަވުމާއެކު އެމްއެންޑިއެފްއިންވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.





2 Responses
Lol
މާލޭގައި އެކަނިތަ ފެންބޮޑުވީ…