މަސްދޯންޏެއް ފަރަށް އަރައިފި

މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މ. ހަކުރާހުރާ ކައިރީ އޮތް ގިރިއަކަށް އަރާފައިވަނީ، 65 ފޫޓްގެ "ޖިހާދު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 23:50 ހާއިރު." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދާހަމަ: އެމްއެންޑީއެފް އިން ދާދި ދެންމެ ވިދާޅުވީ ފަރަށް އެރި ދޯނި މިރޭ 12:50 ހާއިރު ފުންކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ދޯންނަށްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ