އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިން އުވާލައިފި

މޮނިޓަރިން އަށް ލާފައިއޮތް އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިން އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާކަން އައްޑޫ ސިޓީ ކައުންސިލަށް އެޗްޕީއޭ އިން އަންގާފައިވަނީ އިއްޔެ އެވެ.

އިއްޔެ 11:00 ގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީ ހިތަދޫ މޮނޮޓަރިންގެ ހާލަތު އުވާލީ މިއަދު ހެނދުނު އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ ބަލަން ޖެހޭ ކަންތައްތައް ބެލިއިރު ހިތަދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އައްޑޫ އިން ވަނީ މިހާތަނަށް ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ ތިން މީހުންނަކީ ވެސް މާލެ އިން އައްޑުއަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 3 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ