ބެއިރޫތްގައި ހިނގާދިޔަ ގޮވުމުގެ ހާދިސާއަށްފަހުމ މިހާރު އެ ސިޓީގައި ކުރިއަށްގެންދާ މުޒާހަރާތަކާއި ގުޅިގެން ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދީފައި ވަނީ މިއަދު އެވެ. އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދީފައި މި ވަނީ ބެއިރޫތް ގޮވުމާއި ގުޅިގެން 160 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވުމާއި ގުޅިގެން މިހާރު ކުރިއަށްގެންދާ ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ސަރުކާރު ޕްރެޝަރަށް ވެއްޓިގެންނެވެ.
މިގޮވުންތައް ގޮވާފައިވަނީ ލެބަނާނުގެ ކުރީގެ ބޮޑުވަޒީރު ރަފިގް ހަރީރީ 2005 ވަނަ އަހަރު އަވަހާރަ ކޮށްލި ހާދިސާގެ ޝަރިއްޔަތް ނިންމައި ހުކުމް އިއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ.
މި ގޮވުންތަކުގައި ކަތައިބް ޕޮލިޓިކަލް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިޒާރް ނަޖަރިއަން ވަނީ މަރުވެފައި ކަމަށާއި އަދި ސަރުކާރުގެ އިލެކްޓްރިސިޓީ ކޮމްޕެނީގެ ޗެއަރމަން ކަމާލް ހަޔެކ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް ނިއުސް އެޖެންސީތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ލުބަނާނުގެ ހޮސްޕިޓަލްތައް މި ގޮވުމާއި އެކު ފުރިފައިވުމުން ޒަހަމްވެފައިވާ މީހުން އެހެން ސިޓީ ތަކުގެ ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.




