ހިޒްބުﷲ ގެ މިސައިލް ހަމަލާތަކުގެ ރައްދު ހަމަލާ އިޒްރޭލުން ދީފި

އިޒްރޭލާއި ލުބުނާނު ގުޅުނު ބޯޑަރު ކައިރީގައިވާ އިޒްރޭލުގެ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން މިސައިލް ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދީފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ލުބުނާނުގެ ދެކުނުގައިވާ ހިޒްބުﷲ ގެ 100 އަށްވުރެ ގިނަ އަސްކަރީ އަމާޒްތަކަށް ހަމަލާދީފައި ވާކަމަށެވެ. ލުބުނާނުގެ އަސްކަރިއްޔާއިންވެސްވަނީ އިޒްރޭލުން ހަމަލާދިންކަން ކަށަވަރު ކޮށްދީފައެވެ.

ހިޒްބުﷲ އިން މީގެކުރިންވަނީ ބޯޑަރު ސަރަހައްދުގައިވާ އިޒްރޭލުގެ ބޭސްތަކަށް މިސައިލް ހަމަލާދީ އެބޭސްތަކުގައި ބޭނުންކުރާ އަސްކަރީ އުޅަނދުފަހަރަށް ގެއްލުންދީފައެވެ. މިގޮތުން ހިޒްބުﷲ އިން ބުނެފައިވަނީ އިޒްރޭލުގެ ޓޭންކަރެއް ހަލާކުކޮށްލާ އެޓޭންކަރުގައި ތިބި މީހުންވެސް މަރާލައިފައި ވާކަމަށެވެ. އިޒްރޭލުންވަނީ ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިޒްރޭލުގެ މީހަކު މަރުވެފައިވާކަން ދޮގުކޮށްފައެވެ.

މިއަދު ބަދަލުކުރެވުނު ހަމަލާތަކާއި ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ސާދް ހަރީރީވަނީ އެމެރިކާގެ ސެކެރެޓަރީ އޮފް ސުޓޭޓް އަދި ފުރާންސްގެ ސިޔާސީ އިސްފަރާތްތަކާއި ފޯނުން ގުޅައި ހަމަލާތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ