ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހާޒިރު ކުރުމަށް އެޖެންޑާކޮށްފިއެވެ.
މިނިސްޓަރ އަސްލަމް މާދަމާ އޮންނަ ޖަލްސާއަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރުމަށް ހުށަހަޅައިފައިވާ ސުވާލަކާއި ގުޅިގެންނެވެ.
ސުވާލުކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު މުޙައްމަދު ރަޝީދު މިނިސްޓަރ އަސްލަމްއާއި ކުރައްވަން ހުށަހަޅައިފައިވާ ސުވާލަކީ، ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިހާތަނަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތަކީކޮބައިތޯ އާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ އެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚަކީ ކޮބައިތޯ އެވެ.
ފަޒުލް ރަޝީދު މިނިސްޓަރ އަސްލަމްއާއި ކުރައްވަން ހުށަހަޅައިފައިވާ ސުވާލަކީ، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި ވ. އަތޮޅު ފުލިދޫ، ފެލިދޫ އަދި ތިނަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ޢަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ މި މަޝްރޫޢުގެ މަސައްކަތްތައް ކޮންޓްރެކްޓަރަކާ ޙަވާލުކުރެވޭނީ ކޮން ތާރީޚެއްގައިތޯއެވެ. އަދި މި މަސައްކަތަށް ބޭނުންވާސާމާނު ރަށްރަށަށް ފޮނުވާލެވޭނީ ކިހާ ހިސާބެއްގައިތޯއާއި މި މަޝްރޫޢަށް އެގްޒިމް ބޭންކުން ނަގާލޯނުގެ ކަންކަން މިހާރު ވަނީ މުޅިން ހަމަޖެހިފައިތޯއެވެ.
ރައްޔިތުންގެ މަޖިލީހުގައި މާދަމާ ކުރިއަށްދާނީ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއެވެ.



