ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމު ހުޅުމާލޭގައި ހަމަޖައްސައިފި

ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމު ހުޅުމާލޭގައި ހަމަޖައްސައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވިދާޅުވީ، 10 އޮގަސްޓު 2020 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ދިވެހިރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީ.ސީ.އާރް ޓެސްޓު ހެދުމާއި ގުޅޭގޮތުން ޝާއިޢުކުރައްވާފައިވާ ސަރކިއުލަރއާއި ގުޅިގެން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ.އޭ) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީ.އާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

އަދި މިއީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި މި ޞިނާޢަތުގެ އެންމެހައި މަސްލަހަތުވެރިންދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތެއްކަމަށްވެސް އެއެސޯސިއޭޝަނުންވަނީ ވިދާޅުވެފައެވެ.

އެންބީއޭއެމްއިން ވިދާޅުވިގޮތުގައި، ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް ފަތުރުވެރިންގެ ތަފްޞީލުތައް އެން.ބީ.އޭމްއަށް އީމެއިލް މެދުވެރިކޮށް [email protected]
ނުވަތަ ފޯނު މެދުވެރިކޮށް 797033 ކުރިއާލާ އަންގަން ޖެހޭނެއެވެ. އަދި ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސާމްޕަލް ނެގުމަށް ސަމާލުކަން ދެއްވުމަށްވެސް އެންބީއޭއެމްއިން އިލްތިމާސްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ