"އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓް އޮތީ ދެކޮޅުން ފޮހެވޭ ރަބަރެއްގެ ދަށުގައި"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ލިސްޓްއޮތީ "ދެކޮޅުން ފޮހެވޭ ރަބަރެއް" ގެ ދަށުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މި ޚިޔާނާތުގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި އެކު ރިޔާސީ ކޮމިޝަން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް 267 މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާކަމަށެވެ.

މި ބޮޑު ޚިޔާނާތާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވެފައި ވަނީ އެމްއެމްޕީއަރުސީގެ ކޮރަޕްޝަންގައި ހިމެނޭ މީހުންގެ ލިސްޓްގައި ސިޔާސީ ބޮޑުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭތީ އެ ލިސްޓް އޮތީ "ދެކޮޅުން ފޮހެވޭ ރަބަރެއް" ގެ ދަށުގައި ކަމަށެވެ.

"އެއްބައެއްގެ ނަން ފޮހެދެނީ ރައީސް އޮފީހުން، އަނެއްބައެއްގެ ނަންތައް މަޖިލިސް އިން" އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އަޑުގަދަ މީހުންގެ ނަންތައް ދެކޮލޫންވެސް "ތާ އަބަދަށް" ފުހެދޭ ކަމުގައި އާދަމް ޝަރީފް އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި އަދި ކުރީގެ 44 މެންބަރަކާއި، މި ސަރުކާރުގެ 7 ބޭފުޅަކާއި، ކުރީގެ ސަރުކާރުތަކުގައި އިސްމަޤާމްތަކުގައި އުޅުއްވާފައިވާ 30 ފަރާތަކާއި، މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި5 މެންބަރަކާއި، 5 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ޚިދުމަތުގެ ތެރޭގައި އުޅުއްވި ފަރާތްތައް ހިމެނިފައިވެއެވެ.

މީގެ އިތުރުން މި ލިސްޓްގައި މިހެނޭ 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށްދާކަމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މި ދިޔަ ޖުލައި މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ