ފޮޓޯ: މަޖިލިސް ގެލެރީ

މަސްވެރިންގެ އާއިލާތަށް ބިކަވެ، ވަގުތުން ފައިސާ ނުލިބޭތީ ކުއްލި މައްސަލައެއް

މަސްވެރިން ބަނާ މަސް ކިރުވުމަށް ފަހު ވަގުތުން ފައިސާ ނުލިބޭތީ، އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ނިންމަވާފައި ވާކަމަށް އެ ޕާޓީން ބުނެފި އެވެ.

މިކަން ހާމަކުރައްވައި އެޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މަސްވެރިން ބަނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދޭތީ އެ މީހުންގެ އާއިލާތައް ބިކަވަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުމުގެ އިތުރުން، ކަމާބެހޭ މިނިސްޓަރުންނާ ސުވާލުކުރަން ޖާބިރު ނިންމަވާފައިވާކަމަށެވެ.

އޭގެ އިތުރުން، ހޯމަދުވަހުގެ މަޖިލީހުގެ ޖަލްސާ ރާއްޖޭގެ ހުރިހާ މަސްވެރިން ބެލުމަށް ވެސް ޖާބިރުގެ ފަރާތުން ދައުވަތުދީފައިވާ ކަމަށް އެ ޕާޓީގެ ޓްވީޓްގައި ބުނެފައިވެއެވެ.

ވަގުތުން ފައިސާ ނުލިބި، މަސްވެރިންގެ އާއިލާތަށް ބިކަވާތީވެ ކުއްލި މައްސަލައެއް

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ