ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު އޮތީ ކަފުން ކޮއްފައިކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް އޮޑިޓް ރިޕޯޓުން ހާމަވެގެން ދިއުމާގުޅިގެންނެވެ.
"ޤައުމަށް ވަފާތެރިވުން ރައީސް ތަމްޞީލްކޮށްދެއްވަން ޖެހިވަޑައިގަންނަވާނީ ޢަމަލުން. ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ވަޒީރުން ހިންގާފައިވާ ބިޔަ، ހުތުރު ހިޔާނާތް ފަޅާއެރިތާ އެތައް ދުވަހެއް. ޒީރޯ ޓޮލެރަންސް އޮތީ ކަފުންކުރެވިފައި. އަދިވެސް އިތުރަށް ހުއްޖަތް ބޭނުންވަނީތޯ؟" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޤައުމަށް ވަފާތެރިވުން ރައީސް ތަމްޞީލްކޮށްދެއްވަން ޖެހިވަޑައިގަންނަވާނީ ޢަމަލުން. ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ވަޒީރުން ހިންގާފައިވާ ބިޔަ، ހުތުރު ހިޔާނާތް ފަޅާއެރިތާ އެތައް ދުވަހެއް. ޒީރޯ ޓޮލެރަންސް އޮތީ ކަފުންކުރެވިފައި. އަދިވެސް އިތުރަށް ހުއްޖަތް ބޭނުންވަނީތޯ؟ https://t.co/PaeeQw0ZqD
— Mohamed Jameel Ahmed (@MJameelAhmed) August 16, 2020
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ވެންޓިލޭޓަރު ހޯދުމުގައި އެކުންފުނީގެ ގެ މާލީ އަދި ފަންނީ ޤާބިލުކަން ބަލާ ފައި ނުވުވާކަމަށާއި، އެކުންފުންޏަކީ ޑަބްލިއު.އެޗް.އޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުންޏެއްނޫންކަމަށްވެސް އޮޑިޓު ރިޕޯރޓްގައި ފާހަގަކޮށްފައެވެ. އަދި އެ ފަރާތަކީ ޑަބްލިއު.އެޗް.އޯ ގެ ރިކޮމެންޑެ ޑް ސަޕްލަޔަރެއް ނޫންކަމަށާއި، ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައިނު ވާކަމަށް ޑަބްލިއު.އެޗް.އޯ އިން މަޢުލޫމާތު ދީފައިވާކަމަށްވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.
އަދި އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތަ ފައި ސާ ދޫކޮށްފައިވާއިރު އެކުންފުނީގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބަހައްޓާފައި ނުވާކަމަށްވެސް ރިޕޯރޓްގައިވެއެވެ.
މީގެއިތުރުން ބިޑްކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރު ގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑްވެސް ތަފާތެވެ. ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައި ނުގަތުމަށް ފަންނީ ޓީމަކުން ލަފާވެސްވަނީ ދީފައެވެ.
މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރާއި ގުޅޭގޮތުން އޮޑިޓް ރިޕޯރޓްގައި ބުނެފައިވަނީ އެވެންޓިލޭޓަރުތައް ގަތުމަށް އަގުބެލި ފަރާތްތަކާމެދު ވާދަވެރިކޮށް ޢަމަލުކޮށްފައިވާކަމަށް އަދި ހުރިހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދީފައިވާކަމަށް ބެލެވެން ނެތްކަމަށާއި، އަގު ހޯދުމަށް ދައުވަތު ފޮނުވުން ލަސްވުމާއި، އަގު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދީފައިނުވުމެވެ. އަދި ކޯޓޭޝަންހުށަހެޅި އެހެން ފަރާތްތަކަށްވުރެ ކުޑަ ވަގުތުކޮޅެއް ކޯޓޭޝަން ހުށަހެޅުމަށް އެސް.ޓީ.އޯ އަށް ދީފައިވުމާއި، ބިޑް ކޮމިޓީގެ ބައްދަލުވުމުގެ ކުރިން ހުށަހަޅާފައިވާ ކޯޓޭޝަން ބަދަލުކުރުމުގެ ފުރުޞަތު އެސް.ޓީ.އޯ އަށް ދީފައިނުވާކަމަށްވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.
އަދި އެސް.ޓީ.އޯ ގެ 2 ވަނަ ހުށަހެޅުމަށް ބި ޑް ކޮ މިޓީން ބަލާފައި ނުވާއިރު، އެކި ފަރާތްތަކުގައި ކޯޓޭޝަން ހޯދުމަށް އެދުމުގެ ކުރިން ، މެޑްޓެކު މޯލްޑިވްސް ޕްރައިވެޓް ލިމި ޓެޑުން 50 ވެންޓިލޭޓަރު ގަތުމަށް އަގު ހޯދާފައިވާކަމަށްވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާގައި ފާހަގަކުރެވޭ ކަންތައްތަކުގެ ގޮތުގައި އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ، އަގު ހޯދަން އެކި ފަރާތްތަކަށް ފޮނުވިކަމަށް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައި ވީނަމަވެސް، ވާދަވެރި ފަރާތްތަކުން އަގުބެލިކަން އެ ނގެން ނެތުމުން، މި މަސައްކަތް ޙަ ވާލުކޮށްފައިވަނީ އެކަށީގެންވާ ވާދަވެރިކަމެއްގެ ތެރެއިންކަން އެނގެން ނެތުމާއި، މަސައްކަތް ޙަ ވާލުކުރުމުގެ ކުރިން ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން ވަޒަންކޮށްފައި ނުވުމުގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމުގައި އެއްބަސްވެފައިވާ މުއްދަތަށްވުރެ ގިނަ ދުވަސް ނަގާފައިވުމެވެ.




