ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިނިސްޓަރު އަމީން މަޤާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކާއި ހަވާލާދީ އޮންލައިން ނޫސް "ދިޔަރެސް"ގައި ރިޕޯޓްކޮއްފައިވާ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ވަނީ އަމީން ވަކިކުރެއްވުމަށް ރައީސް ސޯލިހްއަށް ދަންނަވާފައެވެ. އަދި މިގޮތުން އެކަމަށް އެންމެ ބޮޑަށް ބާރުއެޅުއްވި އެއް ބޭފުޅަކީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަމަށްވެސް "ދިޔަރެސް" ނޫހުގައި ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ،
"އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިރިޕޯޓުން ޔަޤީންވާ ކަމަކީ ބޮޑު މުސީބާތެއް ކުރިމަތިވެފައޮތް ވަގުތުވެސް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހެލްތް މިނިސްޓްރީން ބޮޑު ވައްކަންތަކެއްކޮށް، މިހުރިހާ ދުވަހު އެކަމާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދަމުންދިޔަކަން." ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅޔވިއެވެ.
މީގެ އިތުރުންވެސް އިތުރު މެމްބަރުން ދަނީ ވަރަށް ބޮޑަށް މިނިސްޓަރު އަމީން އަށް ފާޑުވިދާޅުވަމުންނެވެ.
"އެތައް ބަޔަކު ވެންޓިލޭޓަރަށްލާން ޖެހިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއް ބަލައި، ވެންޓިލޭޓަރުން ވައްކަންކުރުމަށްވުރެ އިންސާނިއްޔަތުކަމެއް ނެތް ކަމެއް ނުވިސްނޭ. ނޫސްވެރިން މިވާހަކަ ތަކުރާރުކޮށް ސުވާލުކުރީތީ އާއި ހަރަދުތައް އޮޑިޓް ކުރަން މަޖިލީހުން ފާސްކުރީތީ އުފާކުރަން." ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވިއެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައިވެސް ގޯސްތަކެއް!https://t.co/RtVeGil5i7
— Feshun (@feshunonline) August 16, 2020
މިނިސްޓަރު އަމީން މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުފައި ވީނަމަވެސް، އެއްވެސް ރަސްމީ އިދާރާއަކުން މިކަން ކަށަވަރު ކޮއްދީފައެއް ނުވެއެވެ.
2 Responses
Finance minister mikamuga ufulanjehey zinmaa maabodu
އަންނަނީ އަންނަނީ ވެންޓިލޭޓަރު ޢަންނަނީ! ކެކެކެކެކެ