ރައީސް ޞޯލިޙާއި މިނިސްޓަރ ފައްޔާޒު | ފޮޓޯ: ރައީސް އޮފީސް

ފައްޔާޒަށް އިތުބާރު އެބައޮތް: ރައީސް ޞޯލިޙު

އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް ޞޯލިޙާއި ހަވާލާ ދެއްވައި އޮންލައިން ނޫސް "މިހާރު" ގައި ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ޞޯލިޙު މިނިސްޓަރ ފައްޔާޒުއަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައިވާއިރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މި މައްސަލާގައި ރައީސް ނަޝީދު ފައްޔާޒާއި ދެކޮޅަށް އެމްޑީޕީ ގައުމީ މަޖިލިސް އަށް ފޮނުވާފައިވާ މެސެޖުތަކެއް ލީކުވެފައިވާއިރު ފައްޔާޒު އަށް އިތުބާރު ކުރައްވާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާތަނަށް މަޖިލީހަށް ވައްދާފައި ނުވާއިރު ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 44 ވޯޓުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ