މާލޭ ޖަލުގެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މާލޭ ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވި ގޮތުގައި އއެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 05 އޮގަސްޓް 2020 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން ވިދާޅުވީ، ޕޮޒިޓިވްވެފައިވާ އޮފިސަރަކީ ޤައިދީންނާ އެއްވެސް ކޮންޓެކްޓެއް ވެފައިވާ އޮފިސަރެއް ނޫންކަމަށެވެ.

އަދި އެއޮފިސަރ ޕޮޒިޓިވްވުމާއި ގުޅިގެން، އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އަންގާފައިވާއިރު، އޮފިސަރުންގެ ތެރެއިން ޕޮޒިޓިވްވި އޮފިސަރއާއި ކޮންޓެކްޓް ވިކަމަށްބެލެވޭ އޮފިސަރުން އެޗްޕީއޭގެ އިރުޝާދުގެ މަތިން ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެސަރވިސްއިން ވިދާޅުވީ، ކަރަންޓީނުކޮށްފައިވާ ބައެއް އޮފިސަރުން ކަރަންޓީނު މުއްދަތު ނިންމާފަައިވާއިރު، މިހާރު ކަރަންޓީނުގައި ހުރި އޮފިސަރުންގެ ހާލަތުވެސް މޮނީޓަރ ކުރަމުންދާކަމަށެވެ.

އަދި މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަންއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދު ކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާކަމަށާއި، މިހާތަނަށް ކަރެކްޝަންގެ ބެލުމުގެ ދަށުގައިވާ އެއްވެސް ޤައިދީއެއް އަދި ބަންދުމީހެއް ކޮވިޑް-19 ޕޮޒިޓިވްވެފައިނުވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ