އިންޑޮނޭޝިއާގެ ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ، ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާއި 3155 ކިލޯމީޓަރު ދުރަށް އިންޑޮނޭޝިއާގެ ސުމަތުރާއަށް ކަމަށެވެ.

ރެކްޓަރ މިންގަނޑުން 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ރޭ 03:23 ހާއިރު ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ސުމަތުރާ އިން 108 ކިލޯ މީޓަރު އަޑިން އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެކަމަށް ނުބެލެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް މިހާތަނަށް ނެރެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ