މުހައްމަދު ނަޝީދު ލިޔުއްވި، "ދެރަދުން" ފޮތް

ނަޝީދުގެ "ދެރަދުން" ފޮތް ބުކްޝޮޕްތަކަށް ލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ތާރީޚީ ފޮތެއް ކަމަށްވާ "ދެ ރަދުން" މިއަދުން ބުކްޝޮޕްތަކުން ލިބެން ހުންނާނެކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދުން ވަކި ގަޑިތަކެއްގައި މާލޭގެ ބުކްޝޮޕްތަކުން އެމަނިކުފާނުގެ ސޮއިއާއެކު ފޮތް ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެކަމަށެވެ.

މާލޭގެ ބުކްޝޮޕްތަކުގެ ތެރެއިން، ނޮވެލްޓީ ބުކްޝޮޕް، މިލިއަން ބުކް ޝޮޕް، އަސްރަފީ ބުކްޝޮޕް، ޗޭންދެލިއާ ބުކްޝޮޕް، ރާދާ ބުކްޝޮޕް، އަދި ސިޓްރޮން އިން ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެ ރަދުން" މި ފޮތަކީ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވައިފައިވާ ފޮތެކެވެ. ފޮތުގެ މައިގަނޑު ނަމަކަށް "ދެ ރަދުން" ޖައްސަވައިފައި އޮތް ނަމަވެސް ފޮތުގެ މައިގަނޑު މަވްޟޫޢަކީ އޭގެ ދަށުގައި ޖައްސަވައިފައިވާ ދެވަނަ ސުރުޚީއެވެ. އާދެ، "އިންޑިއާ ކަނޑުގައި ދިވެހިން، 1800-1900" މިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ