ވެލާނާ އެއާޕޯޓުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވެލާނާ އެއާޕޯޓުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެއާޕޯޓުގެ ފަޔާ ވެހިކަލްއިން ހަރަކާތްތެރިވެ ރޯވި އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލުކުރެވިފައެވެ.

މިހާދިސާގެ މައުލޫމާތު އޮޅުންފިލުވުމަށް އެމްއޭސީއެލްއަށް ގުޅުމުން، އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވަނީ ވަރަށް ކުޑަކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން "ފެށުން" އަށް ކަށަވަރުކޮށް ދެއްވާފައެވެ.

ދާދިފަހަކުންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި އެމްއޭސީއެލްގެ މުވައްޒަފަކު ފިހިގެން ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

ނަމަވެސް އެ ހާދިސާއާއި ގުޅިގެންވެސް އެމްއޭސީއެލް އިން އެއްވެސް ބަހެއް ބުނެފައިނުވެއެވެ.

މިލިޔުން ކިޔާލުމުން
15
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ