މާލޭ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފް ގެ ފަޔާ ޓީމުން އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރި ވަމުން އެބަދެއެވެ.
އަލިފާން ރޯވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޖެހިގެން ހުރި އިމާރާތުގައެވެ. ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ އިމާރާތާއި އާއި ޖެހިގެން ހުރި "ކެފޭ ޓިއޯލޯ" ގައެވެ.

ރޯވި އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ގިނަ ފަންގިފިލާތައް މިހާރު ވަނީ އަނދާ ހުލިވެފައި.

ރޯވި އަލިފާނުގެ އަސަރު އެސްބީއައި ހިންގާ އިމާރާތަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް ކޮށްފައި.

ފުރަތަމަ އަލިފާން ރޯވި ކެފޭގެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައި. ނަމަވެސް، އަލިފާންގަނޑު ނިއްވާލިއިރު، ކެފޭގެ މަތީ ފްލޯ އާއި ތިރީ ފްލޯ އެއްކޮށްވަނި އަނދާ ހުލިވެފައި.

އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާންމުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި.
?އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރަން
— Health Protection Agency (@HPA_MV) August 28, 2020
އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން. އެގޮތުން ގިނަ އަދަދެއްގެ ފަޔާ ވެހިކަލްތައް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން. އަދި އެ ސަރަހައްދާއި ދުރަށް ދިއުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސްކޮށްފައި.

އެއާޕޯޓުގެ ފަޔާ ޓްރަކް ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އެބަދޭ.

އަލިފާންގަނޑު ބޮޑު ބައެއް ކޮންޓްރޯލުކުރެވިއްޖެ ކަމަށާއި އަދި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެއްޖެ.

އެއްވެސް ބަޔަކު އިވެކުއޭޓް ކުރަން ޖެހިއްޖެ ނަމަ، ކަލާފާނު ސްކޫލަށް މީހުން ގެންދަން އެންޑީއެމްއޭއިން އެ ތަން ތައްޔާރުކުރަމުން އަންނަ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި.
އެމްއެންޑީއެފް އިން ބުނީ، އަލިފާންގަނޑު ކޮންޓްރޯލު ކުރެވިއްޖެކަމަށް. އަދި މީހަކަށް އަނިޔާވިކަމަސް ރިޕޯޓުކޮށްފައި ނުވާކަމަށް.

އަދިވެސް އެމްއެންޑީއެފް ފަޔާ ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.
މި ސަރަހައްދަށް އާއްމުފަރާތްތަކުން އެއްނުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފައި ވީނަމަވެސް، އާއްމުންގެ ގިނަބަޔަކު އަންނަނީ މަންޒަރު ބެލުމަށް މި ސަރަހައްދަށް އެއްވަމުން.

އަލިފާން ގަނޑު ރޯވި ސަރަހައްދަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވަޑައިގެންފައި.
ރޯވި ސަރަހައްދުގެ ކައިރި ގެ ތަކުގައި ދިރިއުޅޭ މީހުންނަށް މިރޭ ގެތަކަށް އަނބުރާ ވަދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާއްޖެ ޓީވީ ގައި ވިދާޅުވެފައިވޭ.

އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި. އަދިވެސް ދޭތެރެ ދޭތެރޭން އެސްބީއައި އިމާރާތުގެ ޓެރެސްގައި ހުޅުހިފާ. އަދި އިމަރާތް ހޫނުވުމުގެ ސަބަބުން އިމަރާތުން ދުން އަރަމުން ދޭ



2 ވަނަ އަދި 3 ވަނަ ފަންގިފިލާގަ އަލިފާން ހިފުމާއި ގުޅިގެން ނިއްވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. 
2 ވަނަ އަދި 3 ވަނަ ބުރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯ ކުރެވުމަށް ފަހުވެސް އަލުން ވަނީ އަލިފާން ހިފާފައެވެ.

ނަމަވެސް އެމްއެންޑިއެފް އަދި ފަޔާ ފައިޓަރުން ވަނީ 2 ވަނަ ފަންގިފިލަޔަށް ވަދެ އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފަ. އަދި 3 ވަނަ ފަންގިފިލާގައި ރޯވެފައިވާ އަލިފާން ވެސް ވަނީ ފަޔާ ފައިޓަރުންގެ މަސައްކަތުން މިހާރު ކޮންޓްރޯލް ކޮށްފަ.

މިހަރު ވަނީ ރޯވެފައިވާ އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ކުރވިފައި. ނަމަވެސް ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދޭ.
(ތަފްސީލު އަންނަނީ)



