ޕީއެސްއެމް - ފޮޓޯ: އަވަސް

ޕީއެސްއެމްގެ ބައެއް މުވައްޒަފުން ވަކި ކުރަނީ

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ބައެއް މަގާމުތައް އުވާލައި ބައެއް މަގާމުތަކުން މީހުން އުނިކުރަން ނިންމައިފި އެވެ.

ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކުންފުނި ރީސްޓްރާކްޗާ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މަސައްކަތްތެރި ނޫން މުވައްޒަފުންގެ މަގާމު އުވާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެހެން ދާއިރާތަކަށް އިތުރަށް ބޭނުންވާ މަގާމުތަކަށް އެ މުވައްޒަފުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ފަހު އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާ އާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދޭނެ ކަމަށްވެސް ޕީއެސްއެމް އިން ވިދާޅުވިއެވެ.

"ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މިވަގުތު ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލުނޫން މުވައްޒަފުންގެ ކޮންޓްރެކްޓްތައް އުވާލެވޭނެ،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އަލީ ޚާލިދު މިއަދު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޑިރެކްޓާ އޮފް ހިއުމަންރިސޯސް އިބްރާހީމް ރަމީޒު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރާނީ މީޑިއާ ސެންޓަރުގެ މަސައްކަތްތައް ދިރާސާކުރުމާއެކު އެތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށެވެ.

"ރީސްޓްރަކްްޗަރިންގެ މަސައްކަތުގެ ތެެރެއިން އެންމެ ފުރަތަމަ އަމާޒު ހިފައިފައިވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތްތައް ދިރާސާކޮށް އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުން." ރަމީޒު ވިދާޅުވިއެވެ.

ޕީއެސްއެމްއިން ވަކި ކުރާ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ޕީއެސްއެމް އިން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ