ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން މީރާގެ ބޯޑަށް 5 ބޭފުޅަކު އައްޔަން ކުރުމަށް ރުހުން ދީފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ ތިން މެންބަރެއްގެ ދަޢުރު މި މަހުގެ 8 ވަނަ ދުވަހު ހަމަވުމާއި ގުޅިގެން އަދި އެ ބޯޑުގެ މެންބަރަކު އިސްތިޢުފާ ދެއްވުމާއި ގުޅިގެން މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މިފުރުޞަތުގައި 8 ފަރާތަކުން އެ ބޯޑަށް ކުރިމަތިލާފައިވެއެވެ.
އެގޮތުން 8 ފަރާތެއްގެ ނަން ރައީސުލްޖުމްހޫިރއްޔާ ވަނީ މަޖިލީހަށް ފޮނުވާފައެވެ. މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން އިޤްތިޞާދީ ކޮމެޓީން ދިރާސާ ކުރުމަށްފަހު 5 ފަރާތަކަށް ވަނީ ރުހުންދީފައެވެ.
މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން ރުހުންދިން ފަސް ފަރާތަކީ:
1- މުމްތާޒް އަބްދުއްރަޞީދު / މުރިނގު، ހދ. ހަނިމާދޫ'
2- ލީނާ މުޙައްމަދު ޒާހިރު ޙުސައިން / ހ. ނީލްވިލާ
3- ޙުޝާމް ވަހީދު / ގ. މާލެ ހިޔާ 2 03-15
4- ޢަލީ އިރުފާން / ޑޭލައިޓްވިލާ، ސ. މަރަދޫ ފޭދޫ
5- ޢާއިޝަތު އަޝާ ޢަލީ / ހ. އީސްޓްވާޑް
މީރާގެ ބޯޑުގައި ޖުމްލަ 7 މެމްބަރަކު ހިމެނޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.



