ގައުމެއް އަދި ކޮވިޑް-19 އެއް މެނޭޖެއް ނުކުރެވުނު ކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަވަހައް އިސްތިއުފާ ދެއްވުމަށް، ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ.
އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރަށް ގައުމެއް މެނޭޖެއް ނުކުރެވުނު ކަމަށާއި ކޮވިޑް މެނޭޖެއް ނުކުރެވުނު ކަމަށެވެ. އަދި ހަދާނެގޮތެއް، ބުނާނެ ބަހެއް، އުޅޭނެ ގޮތެއް އަދި ކިއެއްތަ ވާއެއް ނުވާއެއްވެސް ރައީސް ޞާލިޙަކަށް އެންގިވަޑައިނުގަންނަވާ ކަމަށް ވިދާޅޫވިއެވެ.
ރައްޔިތުން މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަކަށް ވެސް އަދި ސަރުކާރުގެ ވަޒީރަކަށްވެސް ނޭނގުނު ކަމަށާއި ދެން ރަނގަޅުވާނީ އަވަހަށް އިސްތިޢުފާ ދިނުން ކަމުގައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ގިނަ ކަންތައްތަކެއް ވުމާއި ގުޅިގެންނެވެ.
އަދި ކޮވިޑް-19 ގެ ބިރުވެރިކަން އިތުރަށް ބޮޑުވެ މާލޭގައި ކޮވިޑް-19 އަށް ފައްސި ވާ މީހުންގެ އަދަދު އިތުރުވަމުން ދިތުމާއި ގުޅިގެން މިރެއިން ފެށިގެން 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނުވިއްކާކަށް ހަމަ އެކައްޗެއްވެސް ނެތް ކަމަށާއި، މިސަރުކާރުން ރައްޔިތުން ރައްޔިތުން ނީލަމަށްލައިފި ކަމަށް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.




