ނޮޅިވަރަމު ކައުންސިލް ފުޓުސަލް ޗެލެންޖުގެ ޗެމްޕިއަންކަން ވަސާޗީ ހޯދައިފި

ނޮޅިވަރަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ވަސާޗީ ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ފައްސި ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗަށްފަހު، ރޭގައި ވަނީ މުބާރާތުގެ ވަނަ އިއުލާންކޮށް ނަތީޖާ ފާޅުކޮށްފައެވެ.

 

ޗެމްޕިއަން ޓީމު، ވަސާޗީ... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)
ޗެމްޕިއަން ޓީމު، ވަސާޗީ... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)

 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި، ވަސާޗީގެ އަބްދުއްރަހީމް އަބޫބަކުރެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، އަބްދުއްރަހީމް އަބޫބަކުރު (ވަސާޗީ) ... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން.... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)

 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ފައްސީގެ އަޙުމަދު އަފްރާހުއެވެ. އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ،

  • ހުސައިން އީސާ (ވަސާޗީ)
  • ހުސައިން ވަސީމު (ފައްސި)
  • އަޙްމަދު އަފްރާހު (ފައްސި)
  • ޢަލީ ރަޝީދު (ވަސާޗީ)
  • އަބްދުއްރަހީމު އަބޫބަކުރު (ވަސާޗީ)
މުބާރާތުގެ މޮޅު ކުޅުންތެރިޔާ، އަޙްމަދު އަފުރާހު (ފައްސި) ... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)

 

18 ޓީމު ބައިވެރިވެ، ފޯރިގަދަ މެޗުތަކެއް ކުޅެވުނު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 (ފަސްހާސް ރުފިޔާ) އަދި ރަނަރއަޕު ޓީމަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) ވަނީ ދީފައެވެ.

ރަނައރަޕު ޓީމު، ފައްސި.... ފޮޓޯ: އާދަމް ޙަލީމު (އެޑެކްސްފޮޓޯސް އެމްވީ)

 

ނޮޅިވަރަމު ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ، ޝާފިޢު މުހައްމަދު ފާހަގަކުރި ގޮތުގައި މި މުބާރާތަކީ ވަރަށް ކާމިޔާބުކަމާއެކު ގެންދެވުނު މުބާރާތެކެވެ. އަދި މުބާރާތް ކަމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ރަށުގެ ރައްޔިތުންނާއި، ބައިވެރިވި ޓީމުތަކުން އަދި މުބާރާތުގެ އޮފިޝަލުންގެ ޓީމުން ދެއްވި ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ. ވީމާ އެކަމަށްޓަކައި ޖުމުލަކޮށް އެންމެނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތަކަށާއި ސްޕޮންސަރުންނަށް ޝުކުރުވެރިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
61
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ