ރ. ދުވާފަރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރ. ދުވާފަރުން ހޯމްކަރަންޓީނުގައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ ރ. އަތޮޅު ދުވާފަރުން 55 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މި މީހާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ، ކަރަންޓީނުގެ މުއްދަތު ނިމުމުން ނެގި ސާމްޕަލް ޓެސްޓްކުރުމުންކަމަށްވެެސް އެޗްއީއޯސީން މައުލޫމާތުދިނެވެ.

ރާއްޖޭގައި ހަލުވި ކަމާއިއެކު މިބަލި ފެތުރެމުންދާއިރު މިހާރު ކޮންމެ ދުވަހަކުވެސް އެވަރެޖުކޮށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ