ސަލާމަތީ ބާރުތަކުން ރާއްޖޭގެ ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ތަމްރީންތައް ނިންމާލައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ހެނދުނު 9:00 ގައި ނިންމާލާފައިވާ ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ސިފައިން ހަތިޔާރާ އެކު މަގުމަތީ ހަރަކާތްތެރިވެފައިވާއިރު، ފުލުހުން ވަނީ އެއްގަމާއި ކަނޑު އުޅަަނދުތައް ޗެކުކޮށް، ސިފައިންނާ އެކު މަގުމަތީ ހަރަކާތްތެރިވެފައެވެ.
MNDF aai @PoliceMv gulhigen kuriyah'gendhiya 3 dhuvahuge farithakurun thah kaamiyaabu kamaa eku miadhu hen'dhunu 09:00 nimmaalaifi. pic.twitter.com/xZoWbndKoS
— Maldives National Defence Force (@MNDF_Official) May 23, 2019
24hrs Performance Report by Marine Police (21-22nd May 2019)
— Maldives Police (@PoliceMv) May 22, 2019
Searched vessels for Maritime Law
Speed boats : 20
Dinghy : 05
Fishing Vessels : 10
Commercial Vessels: 01
Main issues identified were related to security breaches 1/2 pic.twitter.com/dLxI2jizH2
މި ތަމްރީނުތަކުގެ ތެރެއިން އުޅަދުތައް ބަލާ ފާސްކުރި އިރު ފާހަގަކުރެވުނު ބައެއް ކަންތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކަނޑުއުޅަދުފަހަރުގައި ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ނުކޮށްހުރިކަން ފާހަގަވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަރިތަކުރުންތަކުގެ ތެރެއިން ކަނޑު އުޅަނދުތަކުގެ މޫވްމަންޓުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ދިވެއްސަކު ނެތި، ތެޔޮ އުފުލަމުންދިޔަ ދޯންޏެއް އެމްއެންޑީއެފް އިން ހުއްޓުވާ، ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވެސް ވެޔެވެ.