ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ އިމާރާތްކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

ހއ. ހޯރަފުށީ އެއާޕޯޓުގެ ޕެސެންޖާރ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ ގާއިމް ކުރުމަށްޓަކައި އެމްޓީސީސީ އާ ހަވާލުކޮށް އެގްރިމެންޓްގައި ސޮއި ކުރައްވައިފިއެވެ.

މިއަދު  ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއިން މި އެގްރީމެންޓްގައި ސޮއި ކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ އާއިޝަތު ނަހުލާއެވެ.

ހޯރަފުށީގައި ތަރައްޤީކުރަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓު ހެދުމުގެ މަަސައްކަތްވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މީގެ ކުޑަދުވަސް ކުރިން ބުނެފައިވާގޮތުގައި، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އޮކްޓޯބަރު މަސް ތެރޭގައި ނިންމާލެވޭނެއެވެ.

1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ފްލައިޓް ޕާކިން އަދި ޓެކްސީވޭ އެއް ހެދުމަށް ހަމަޖެހިފައިވާ މި އެއާޕޯޓު ތަރައްްީކުރުމަށް، ޖުމްލަ 842200 ކުއިބިކް މީޓަރުގެ ބޮޑު ސަރަހައްދެއްވަނީ ހިއްކާފައެވެ. މި އެއާޕޯޓުގައި 1120 މީޓަރުގެ ހިލަ ތޮއްޓެއްވެސް ވަނީ ލައިފައެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ