އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު | ފޮޓޯ : މަޖިލިސް

ޔާމިނުގެ ސަރުކާރުގައި 7000 ފުލެޓު ބަހާފައިވަނީ ބޭއިންސާޕުންކަން އެނގޭ: އެމްޕީ ޝިފާއު

ނިމިދިޔަ ސަރުކާރުން 7000 ފުލެޓު ބަހާލާފައިވަނީ ބޭއިންސާޕުންކަން ރައްޔިތުންނަށް ސާޕުކޮށް އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދޭ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެމްޕީ ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި އޮތް އެއްމެބޮޑު އިޖުތިމާޢީ މައްސަލަޔަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި މި މައްސަލަ ހައްލުތައް ކުރުމުގެ ގޮތުން ބެހި 7000 ފްލެޓްގެ މަޝްރޫއެއް ހިންގި ކަމަށެވެ.

ޝިފާއު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަން މައްސަލަ ހައްލުކުރުމަށް ބޭއިންސާފުން 7000 ފްލެޓް ބެހުމަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވުރެ މާބޮޑު މައްސަލައެއްކަމަށެވެ.

"ފްލެޓްތައް ބެހުމުގައި އޭގެ ހައްޤުވެރިން ކަނޑައެޅުމުގެ މަސައްކަތް ކޮށްފައި މިއޮތީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެކަން އެކުރީ އިންސާފަކުން ނޫނޭ، ހަމަ ސާފުކޮށް ރީތިކޮށް ބުނެލެވޭހާ މިންވަރަށް" އެމްޕީ ޝިފާއުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ